|
Article on other languages:
|
އައްފާނިސްތާނު (ނުވަތަ އަފްޣާނިސްތާން) އަކީ މެދުތެރޭ އޭޝިޔާގެ ގައުމެއްގެ ގޮތުގައި ބެލެވެމުން އަންނަ ގައުމެކެވެ. އަދި ހަމަ އެހެންމެ މި ގައުމަކީ ދެކުނު އޭޝިޔާގެ ގައުމެއްގެ ގޮތުގައި ވެސް ބެލެވޭ ފަހަރު އާދެއެވެ. އަފްޣާނިސްތާން ގެ ފުރިހަމަ ނަމަކީ އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާން އެވެ. އަފްޣާނިސްތާން އޮންނަނީ އޭޝިޔާގެ މެދުތެރޭ ގައެވެ. އަފްޣާނިސްތާން އޮންނަ ހިސާބުގެ ގޮތުން ބައެއް ފަހަރު މެދުތެރޭ އޭޝިޔާ ގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަނެއް ބައި ފަހަރު ދެކުނު އޭޝިޔާގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަދި އަނެއްބައި ފަހަރު މެދުއިރުމަތީގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަފްޣާނިސްތާން އަކީ އެގައުމުގެ ވަށައިގެންވާ ގައުމުތަކާއި، ދީނީ ގޮތުންނާއި، ބަހުގެ ގޮތުންނާއި، ގައުމު އޮތް ތަނުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެކެވެ. އަފްޣާނިސްތާން ގެ ދެކުނާއި އިރުން އިންވެގެން އޮންނަނީ ޕާކިސްތާން އެވެ. ހުޅަގުން އޮންނަނީ އީރާން، ތުރުކީ، އަދި އުޒްބަކިސްތާން އެވެ. އުތުރުން އޮންނަނީ ތަޖިކިސްތާން އެވެ. އަދި އިރު އުތުރުން އޮންނަނީ ސީނުކަރަ އެވެ. އަފްޣާނިސްތާން ގެ މާނައަކީ އަފްޣާނުންގެ ބިން މިއެވެ.
ނަން
ޖިއޮގްރަފީ
ތާރީޚް
ސަރުކާރު އަދި ސިޔާސަތު
އާބާދީ
ސަގާފަތު
އިގްތިޞާދު
އިންފްރަސްޓްރަކްޗަރ
ތައުލީމް
އިތުރު ގުޅުންތައް
|